ޑެންގޫ އާއި ޗިކުންގުންޔާ ބަންގްލަދޭޝްގައި އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓާސް
މަދިރީގެ ޒަރީއާއިން ޖެހޭ ދެ ބައްޔެއް ކަމުގައިވާ ޑެންގީ
އާއި ޗިކުންގުންޔާގެ ބިޔަ ރާޅެއް ބަންގްލަދޭޝް އަށް ބިންދާލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންތިހާއަށް މި ދެ
ބަލި އިތުރުވެ އިންތިހާ ބާރުމިނެއްގައި މި ދެ ބަލި ފެތުރެމުން އަންނައިރު އާއްމު
ޞިއްޙީ ކާރިސާއެއްގެ ބިރު ވަނީ ހީވެފައެވެ.
އެ ޤައުމުގެ ޑިރެކްޓޮރޭޓް ހެލްތު ސާވިސްއިން ހާމަކޮށްފައިވާގޮތުގައި
މި އަހަރު މިހާތަނަށް ޑެންގީގެ 33،800 ކޭސް ރިޕޯޓު ކުރެވި 132 މީހަކު ޑެންގީ
ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ. އަދި މި ހިނގާ ސެޕްޓެމްބަރުގައި އެކަނި
ޑެންގީގައި 10 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު 1،500 އެއްހާ މީހުން މިވަގުތުވެސް ގަދަ
ހުމާއެކު ހަސްފަތާލުތަކުގައި އެޑްމިޓްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
ޗިކުންގުންޔާ އެ ޤައުމާ މި ފަހުން ދުރު ނަމަވެސް އެ
ޤައުމުގެ ލެބޯރެޓޮރީ ޑާޓާތަކުން ދައްކަނީ މި އަހަރުގެ ޖެނުއަރީއިން ޖުލައި އަށް ޗިކުންގުންޔާ
ވަރަށް ބޮޑަށް އިތުރުވެފައިވާކަމެވެ.
ޑެންގީއާއި ޗިކުންގުންޔާގެ މި ބިޔަ ރާޅާއެކު ހަސްފަތާލުތަކާއި
މެޑިކަލް ސެންޓަރުތަކަށް ބާރު ބޮޑުވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް