ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް ޢައްޔަން ކުރައްވައިފިއެވެ.
އަލީ ހާޝިމް މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައެވެ.
އެމްއެމްއޭގެ ގަވަރނަރ ކަމުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ ޙާޝިމް އެމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ވަނީ ޙަވާލުކުރައްވައިފައެވެ.
ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަންކުރައްވާފައިމިވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ މަގާމު ހުސް ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް