ލ.އިސްދޫއިން ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި

ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށު ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޯދައިފިއެވެ. ފުލުހުން މި އެެއްޗ...

08 Sep 2019 | 05:35

ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށު ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޯދައިފިއެވެ.

ފުލުހުން މި އެެއްޗެހި ހޯދާފައިވަނީ ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު 21:40 އެހާކަންހާއިރު އިސްދޫ ޕޮލިސް ސްޓޭޝަނަށ، އެ ރަށު ބަނގުރާ ތައްޔާރުކުރާކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި އެރަށު ފަޅުގޯއްޗެއް ބަލާ ފާސްކުރަމުން ދަނިކޮށެވެ.

މިގެ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިން ހަން ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވީނަމަވެސް، މި މައްސަލަ މިހާރު ގެންދަނީ ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް