އީސީން ފައިސާ ނުދޭތީ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ. ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައި...

08 Sep 2017 | 10:47

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.

ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބުނެ އެވެ. ކޮންގްރެސް ފަސްކުރަން ފާސްކުރީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގަރާރަށް   28 މެންބަރުން ތާއީދު ކޮށްގެންނެވެ.

އީސީން އެ ޕާޓީއަށް ދޫކުރަން ޖެހޭ ފައިސާ ނުލިބޭތީ ރޭގެ ޖަލްސާގައި ނިންމީ ފަންޑެއް ހުޅުވާށެވެ. އަދި ނިންމީ ކޮންގްރެސް ބާއްވަން ބޭނުންވާ ވަރަށް ފައިސާ ލިބުމުން ތާރީހެއް ކަނޑައަޅާށެވެ.

އެ ޕާޓީން ލަފާ ކުރާގޮތުގައި އެމްޑީޕީގެ ކޮންގްރެސްއަށް 2.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އެ ޕާޓިން ކުރިން ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު ކޮންގްރެސް ބާއްވާށެވެ. އެމްޑީޕީގެ ކޮންގްރެސްގައި އަތޮޅުތަކުންނާއި މާލެއިން ގާތްގަނޑަކަށް ހާހެއްހާ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް