ޤައުމުތަކުން ކުރި ޑީމާންޑްތަކަށް މަޝްވަރާ ކުރަން ޤަތަރުން އޮތީ ތައްޔާރަށް: ކުވޭތުގެ އަމީރު

ޓެރަރިޒަމަށް ތާއީދުކޮށް އެކަމަށް ވާގިވެރިވާކަމުގެ ތުހުމަތުގައި އަރަބި ޤައުމުތަކާއި ދިވެހި ރާއްޖެއިން ގުޅުން ކަނޑާލާފައިވާ ޤަތަރަށް އެހެން ޤައުމުތަކުން ކުރި ޑިމާންޑްތަކާއިމެދު މަޝްވަރާ ކުރުމަށް ޤަތަރު ...

07 Sep 2017 | 22:21

ޓެރަރިޒަމަށް ތާއީދުކޮށް އެކަމަށް ވާގިވެރިވާކަމުގެ ތުހުމަތުގައި އަރަބި ޤައުމުތަކާއި ދިވެހި ރާއްޖެއިން ގުޅުން ކަނޑާލާފައިވާ ޤަތަރަށް އެހެން ޤައުމުތަކުން ކުރި ޑިމާންޑްތަކާއިމެދު މަޝްވަރާ ކުރުމަށް ޤަތަރު ތައްޔާރަށް އޮތްކަމުގެ ލިޔުން ލިބިފައިވާކަމަށް ކެވޭތުގެ އަމީރު ސަބާހް އަލް އަހްމަދދު އަލް ޖާބިރު އަލް ސަބާހް ވިދާޅުވެއްޖެ އެވެ.

ކުވޭތުގެ އަމީރު މިހެން ވިދާޅުވެފައިވަނީ މިހާރު އެމެރިކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއިއެކު މަޝްވަރާތަކެއް ކުރެއްވުމަށްފަހު ޓްރަމްޕާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކުވޭތުގެ އަމީރު މިހެން ވިދާޅުވެފައިވާއިރު ޤަތަރާއިއެކު ގުޅުން ކަނޑާލާފައިވާ ޤައުމުތަކުން ވަނީ 13 ޑިމާންޑެއް ޤަތަރަށް ހުށަހަޅާފަ އެވެ. އަދި އެ ޑިމާންޑްތަކަށް ޖަވާބުދާރީވުމަށް މުހުލަތެއްވެސް ދިނެވެ. ނަމަވެސް އެ މުހުމަލުތުގައި ޤަތަރުން އެ ޑިމާންޑްތައް ފުރިހަމަ ކޮށްފައެއް ނުވެ އެވެ.

ކުވޭތުގެ އަމީރު މިހެން ވިދާޅުވުމާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު ކުޅެން އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އަވަސް ހައްލެއް ގެނެވިދާނެ ކަމަށެވެ.

މިކަމުގައި ކުވޭތުގެ އަމީރު މިގޮތަށް ވާހަކަދައްކަވާފައިވާއިރު މިކަމާއިމެދު ޤަތަރުން މިވަގުތު އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް