ކަރީނާ ބޭނުންވަނީ ތައިމޫރް ކްރިކެޓް ކުޅުންތެރިއަކަށް ވާން

ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ބޮޑުވެގެން ކްރިކެޓަރަކަށް ވެއްޖެނަމަ ވަރަށް އުފާވާނެ ކަމަށް ކަރީނާ ބުނެފިއެވެ. މިވަގުތު ބޮލީވުޑުގައި އެންމެ މަޝްހޫރުކަމެއް ހޯދާފައިވާ ކުޑަ ތަރި، ތައ...

08 Aug 2019 | 04:12

ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ބޮޑުވެގެން ކްރިކެޓަރަކަށް ވެއްޖެނަމަ ވަރަށް އުފާވާނެ ކަމަށް ކަރީނާ ބުނެފިއެވެ.

މިވަގުތު ބޮލީވުޑުގައި އެންމެ މަޝްހޫރުކަމެއް ހޯދާފައިވާ ކުޑަ ތަރި، ތައިމޫރު ބޮޑުވެގެން ކްރިކެޓް ކުޅޭ މީހަކަށް ވާން ކަރީނާ ބޭނުންވާކަމަށް ބުނީ ޒީޓީވީ އިން އަންނަ "ޑާންސް އިންޑިއާ ޑާންސް" ޝޯވ ގެ ތެރެއިންނެވެ.

ކަރީނާ ބުނީ، ސައިފްގެ ބައްޕަ މަންސޫރު އަލީ ޚާން އަކީ ވެސް ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށާއި، ތައިމޫރު ވެސް ކްރިކެޓް ކުޅުންތެރިއަކަށް ވެއްޖެ ނަމަ އާއިލާ އެންމެން ވެސް ވަރަށް އުފާވާނެ ކަމުގައެވެ. އަދި ފިރިމީހާ ސައިފް އެކްޓަރަކަށް ނުވިނަމަ ވާނީ ކްރިކެޓް ކުޅުންތެރިއެއް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ގިނަ ފޭނުން އުންމީދުކޮށްގެން ތިބީ ތައިމޫރު ވެސް ފެންނާނީ ފިލްމީ ދާއިރާއިން ކަމުގައެވެ. ޝޯވ އެއްގެ ތެރެއިން ފިލްމީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި އެންމެ ފިޔަޖަހާނީ ކޮން ތަރިއެއްތޯ އަކްޝޭ ކުމާރާއި މީޑިއާ އިން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވަނީ ތައިމޫރުގެ ނަން ބުނެފައެވެ. އެހެންކަމުން ގިނަ ފިލްމީ ތަރިން ވެސް ތައިމޫރު މި ދާއިރާއިން ފެންނަން ބޭނުންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް