އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން ދިޔަ ރަމީޒު ޢަބްދުﷲ މިއަދު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ނުބައި ފަޅިން ބާރު ސްޕ...

08 Jun 2026 | 15:31
އަބްދުﷲ ރަމީޒް - ފޮޓޯ: އައްޑޫލައިވް

އަބްދުﷲ ރަމީޒް - ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން ދިޔަ ރަމީޒު ޢަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ނުބައި ފަޅިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަޑުމަޑުން ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލާ އެކު ރަމީޒު ވިއްސައިގެން ގޮސް ވެއްޓި، ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ރަމީޒު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ ރަމީޒު ނިޔާވިއިރު، އަންބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. ރަމީޒުގެ ފުރާނައަށް މާތް ﷲ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް