ފިލިޕިންސް ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގެގައި ސުނާމީއެއް އުފެދިފައި ނުވާކަމަށް މެޓުން ބުނެފި

ދެކުނު ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށާއި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން...

08 Jun 2026 | 05:23
މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއް - ފައިލް ފޮޓޯ: ދުވަސް

މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއް - ފައިލް ފޮޓޯ: ދުވަސް

ދެކުނު ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށާއި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އިން ބުނީ ބިންހެލުން އައި ސަރަހައްދަކީ މާލެއާ 5723 ކިލޯމީޓަރު ދުރު ސަރަހައްދެއް ކަމަށެވެ. އެހާ ދުރު ސަރަހައްދެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ފިލިޕީންސްގެ ކަނޑުއަޑިއަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް މަދުވެގެން ހަތަރު މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބުނެވެ. އެ ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އައްސޭރިފަށަށް އެއް މީޓަރުގެ ސުނާމީއެއް އައިސް އިންޑޮނީޝިޔާ އާއި މެލޭޝިޔާއިން ވެސް ސުނާމީ އިންޒާރު ނެރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް