ދެ ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ އެއާފޯސްގެ ޖެޓެއްގައެވ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
މޯދީގެ މި ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރެއް ދެއްވާނެއެވެ. މި ތަގްރީރު ދެއްވާނީ ހިންދީ ބަހުންނެވެ.
މޯދީގެ މި ދަތުރުފުޅުގައި މޯދީއާއެކު 100 އަށްވުރެ ގިނަ މީހުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މޯދީގެ މިދަތުރުފުޅަކީ ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް ހޮވުނުފަހުން ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅަށްފަހު މޯދީ ދެން ވަޑައިގަންނަވާނީ ސްރީ ލަންކާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް