ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޯޓުން ބަންދުކުރުމަށް އަމުރު ނެރެފައި ވަނީ ކ. މާލެ، ހ. ގުންޒަރު އެވެ. އެ ތަން ބަންދުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.
ފުލުހުންނަށް 24 ގަޑިއިރުގެ ބަންދު ނޯޓިސް ނެރުމުގެ ބާރާއި، ކޯޓުތަކަށް ގިނަވެގެން ތިން މަހަށް މިފަދަ ތަންތަން ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިޞްލާޙުކޮށް ޢަމަލުކުރަން ފެށީ މި އަހަރުގެ މާޗް ހަތެއްގައެވެ.
ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ޙުކުމަކާއި ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ޙާލު އެކަން ހުއްދަ ކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ވެސް ކުށްވެރިވާނެ ކަމެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެ ނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް