ދެ ވައްތަރެއްގެ ޗީޒް ރާއްޖޭގެ ބާޒާރުން ވިއްކުން މަނާ ކޮއްފި

ދެ ވައްތަރެއްގެ ޗީޒް ރާއްޖޭގެ ބާޒާރުން ވިއްކުން މަނާ ކޮއްފިއެވެ. މަނާ ކޮއްފައިވަނީ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒްއެވެ. މި ދެ ވައްތަރުގެ ޗީޒް ވިއްކުންމަނާ ކޮއްފައިވަނީ އެ ޗީޒް ބޭނުން ކުރ...

08 May 2019 | 09:54

ދެ ވައްތަރެއްގެ ޗީޒް ރާއްޖޭގެ ބާޒާރުން ވިއްކުން މަނާ ކޮއްފިއެވެ.

މަނާ ކޮއްފައިވަނީ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒްއެވެ.

މި ދެ ވައްތަރުގެ ޗީޒް ވިއްކުންމަނާ ކޮއްފައިވަނީ އެ ޗީޒް ބޭނުން ކުރުމުން ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތުމުން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން އެ ދެބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވާކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންށް ފީޑުން އެކަން ރާއްޖެއަށް އަނގާފައިވާކަމަށާއި، މިހާރު އެތަކެތި ބާޒާރުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް