މިހާތަނަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ އެންމެ ތިން ޕާޓީ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުން އީސީއަށް އޮޑިޓް ރިޕޯޓު ހުށަހެޅުމުގެ ސުންގަޑި އަކީ މާދަމާ (9 މޭ) ގެ ނިޔަލަށެވެ.
https://twitter.com/ShareefRangondi/status/1125681908904484865
މިހާތަނަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.
މީގެ ތެރެއިން އިތުރު ހަތަރު ޕާޓީ އަކުން އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. އެއީ އަދާލަތު ޕާޓީ، ޕީޕީއެމް، ޕީއެންސީ އަދި ޑީއާރުޕީ އެވެ.
ސީޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅައިފި ނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޕާޓީތައް ޖޫރިމަނާކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް