މީގެ ތިން ހަފްތާ ކުރިން މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް 15 އޭޕްރީލް ވާ ހޯމަ ދުވަހު ބޭއްވުމަށް ކަނޑައަޅުއްވައިފިއެވެ.
ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައިސް ގާސިމް އިބްރާހިމް ނިންމަވާފައިވާ ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ކޮމެޓީތަކުގައި ހުރި މަސައްކަތް ތަކުން ކަމެއް ނިމި، ޖަލްސާއަށް ފޮނުވުމުން ނުވަތަ އިތުރު ކަމެއް މަޖިލީހަށް ހުށަހެޅުމުން ކަމަށްވެސް އެ ދުވަހު ގާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް