ޓިކް ޓޮކޭ ބުނުމުން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. ޓިކް ޓޮކް ވީޑިއޯއަކަށް ކަޅިއެއް އެއްލައިނުލާ ޒުވާނަކު، ހަރުފުރާ މީހަކުވެސް މަދުވާނެއެވެ. މައްސަލައަކީ ޓިކް ޓޮކެއް ނޫނެވެ. މައްސަލަ އަކީ އެ ބޭނުން ކުރެވޭ ގޮތެވެ.
މިއީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޓިކް ޓޮކްގެ ވީޑިއޯއެކެވެ.
މި ވީޑިއޯއިން ފެންނަނީ، ބެލެވޭ ގޮތުގައި ބަންގްލަދޭޝްގެ ތިން ފިރިހެނެކެވެ. އެ ގައުމުގެ ބަހުން ކިޔާފައިވާ ލަވަޔަކަށް އެކްޓް ކޮށްފައިވާ ވީޑިއޯއެކެވެ. އެކަކު އަނެކަކު ގައިގާ ބައްދާ އަނެކަކު ބޮއެގެން ހަމައިން ނެއްޓިގެން އުޅޭހެން މި ވީޑިއޯގައި އުޅެއެވެ.
މި ވީޑިއޯ ކުޅެފައިވަނީ މަސްޖިދު އަލް ސުލްތޯން މުހައްމަދު ތަކުރުފާން އަލް އައުޒަމް މިސްކިތް، އާދެ އިސްލާމީ މަރުކަޒު ގޯތި ތެރޭގައެވެ. ރޭގަނޑު ވަގުތު ނުވަތަ އިރު އޮއްސުނު ވަގުތު ކުޅެފައިވާ ވީޑިއޯއެއް ކަމަށް ބެލެވެއެވެ. ފަހަރެއްގައި އެމީހުން މި ވީޑިއޯއެއް ރެކޯޑު ކުރީ މިސްކިތައް ނަމާދަށް ދިއުމަށްފަހު ކަމަށްވެސް ވެދާނެއެވެ. ބަންގްލަދޭޝްއަކީ މުސްލިމުން ގިނަ ގައުމެކެވެ. އަދި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ގިނަ ރައްޔިތުންނަކީވެސް މުސްލިމުންނެވެ.
ކުރިންވެސް ދަންނަވާލެވުނުހެން، މައްސަލައަކީ ޓިކް ޓޮކެއް ނޫނެވެ. އެ ބޭނުން ކުރެވޭ ގޮތެވެ. މިސްކިތެއްގެ ގޯތި ތެރޭގައި ބައްދާ، ބޮއެ އަމަލުވާ ޒާތަށް އެކްޓުކޮށް ހަދަން ހެޔޮވާނެތޯއެވެ. މިސްކިތަކީ ކިހާ މާތްތަނެއްކަން ހަމަ ނުއެނގެނީތޯ އެވެ.
މިފަހަރު މިކަން ކޮށްފައި މިއޮތީ ބަންގްލަދޭޝް ބައެކެވެ. ނަމަވެސް ޓިކް ޓޮކުގައި ބައެއް ދިވެހިންވެސް، އިސްލާމީ މި މުޖްތަމައާ ނުގުޅޭ އެތައް ކަމެއް ކުރެއެވެ. މިފަދަ އާދަތަކާއި އަމަލުތަކުން އަހަރެމެން ދުރުވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް