ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާތީ ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ފަށައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓް ގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއާއެކު، އެ ރަށް ލޮކްޑައުންކޮށް އެ ރަށުގެ ހާލަތު ވަނީ، އޮރެންޖް ހާލަތަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް