ބޮލީވުޑްގެ ބަތަލް ސަންޖޭ ދަތު އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.
އެ އާއިލާ ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ސަންޖޭގެ އަނބިމީހާ މާންޔަތާ ދަތު ދަނީ ރާއްޖޭގެ ހިތްގައިމު ރީތި މާހައުލު ފެންނަ ފޮޓޯތައް އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޗުގައި ހިއްސާ ކުރަމުންނެވެ.
https://www.instagram.com/p/B8N2mc3DJ-R/
މި ދަތުރުގައި ދެމަފިރިންގެ އިތުރުން އެމީހުންގެ ނުވަ އަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ޝަރްހާން ދަތާއި އިގްރާ ދަތު ބައިވެރިވެ އެވެ. މި ދެކުދިންގެ އިތުރުން ސަންޖޭގެ32 އަހަރުގެ ތްރިޝަލާ ދަތް ކިޔާ އަންހެން ކުއްޖަކު ހުރެ އެވެ.
މިއަހަރު ރިލީޒް ކުރާ ސަންޖޭ ދަތުގެ ފިލްމުތަކުގެ ތެރޭގައި "ސަޅަކް 2" "ބޫޖް: ދަ ޕްރައިޑް އޮފް އިންޑި" "ޝަމްޝޭރާ" ގެ އިތުރުން "ޕްރިތުވީރާޖް" ހިމެނެ އެވެ.
އެންމެ ފަހުން ސަންޖޭ ފެނުނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަތު" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް