ބޮލީވުޑްގައި މިހާރު އެންމެ އިންތިޒާރު ކުރާ ކައިވެނީގެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ.
އެކަމަކު އެ ދެމީހުން ފަރާތުން އެކަން ސާފުވާވަރެއް އަދި ނުވެ އެވެ. އެކަމަކު ފިލްމު ކްރިޓިކް ރާޖީވް މަސަންދު މެގަޒިންއެއްގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނީގެ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ.
އަދި ޑިސެމްބަރު މަހު އެ ކައިވެނި ކުރަން ނިންމާފައިވާކަމަށާއި އެކަން ދެ ފަރާތުގެ އާއިލާއަށް އަންގައި ހަފްލާ އޮންނަ ދުވަސްވަރަށް މަސައްކަތްތަކުން ވީއްލިފައި ތިބުމުން އަންގާފައިވާ ކަމަށެވެ. އެ ދެމީޙުންގެ ކައިވެނި އޮންނާނީ ރަންބީރު އަދި އާލިއާ އެކުގައި ކުޅެފައިވަނީ ފިލްމު "ބަރާހްމާސްތަރާ" ރިލީޒް ކުރުމަށް ފަހު އެވެ.
ކައިވެނި ކުރަނީ އިންޑިއާގަ ކަމެއް ނުވަތަ އެހެން ގައުމެއްގައި ކަމެއް އަދި ނޭނގެ އެވެ. މީގެ ކުރިން އެމީހުން ކުރި މަޝްވަރާތަކުގައި އާލިއާ ކައިވެނީގެ ހަފްލާ ބާއްވަން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ފިންލޭންޑާއި ސްވިޓްޒާލޭންޑް ހިމެނެ އެވެ.
ރަންބީރާއި އާލިއާގެ ގުޅުމަށް ދެފަރާތުގެ އާއިލާއިންވެސް ވަރަށް ގަބޫލެވެ. ހާއްސަކޮށް ރަންބީރު މަންމަ ނީތޫ ކަޕޫރު އާލިއާ އާއި ވަރަށް ގަޔާވެ އެވެ.
މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް