ކެނެބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ކަދުރު ޕެކެޓްތަކެއްގައި ރާއްޖެއަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވާފައި ވަނީ އަހުމަދު އ...

08 Jan 2020 | 07:52

ކަދުރު ޕެކެޓްތަކެއްގައި ރާއްޖެއަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވާފައި ވަނީ އަހުމަދު އާސިފް، ލ.ގަން/މުކުރިމަގު، މުރިނގު، ގެ މައްޗަށެވެ.

މީގެ އިތުރުން އާސިފް އުމުރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އާސިފްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައި ވަނީ އޭނާ އެއާޕޯޓުގެ ކާގޯ ސަރަހައްދުން ހިފަހައްޓައި ވެލި އިރު އޭނާ ގެންގުޅުު ކަރުދާސް ފޮށިގަނޑަކުން ކެނެބިސް ފެނުނު މައްސަލައާ ގުޅިގެންނެވެ.

އެ ފޮށިގަނޑުގެ ތެރޭގައި ހުރި އޮމާނީ ޑޭޓްސް ބްރޭންޑުގެ ކަދުރު ޕެކެޓުތަކުގެ ތެރެއިން ފެނުނު 42 ރަބަރުގަނޑުގައި 14519.852 ގްރާމްގެ ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުތަކުން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް