ޖަލުގައި ހިނގާ ހަމަނުޖެހުންތަކުގައި ރައީސް ޔާމީނަށް ނުރައްކަލެއް ނެތް

ޖަލުގައި ހިނގާ ހަމަނުޖެހުންތަކުގައި ރައީސް ޔާމީނަށް ނުރައްކަލެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހުން ފަށައިގެން ޖަލުގައި ހިނގަމުންދާ ހަމަނުޖެހ...

08 Jan 2020 | 07:20

ޖަލުގައި ހިނގާ ހަމަނުޖެހުންތަކުގައި ރައީސް ޔާމީނަށް ނުރައްކަލެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފަށައިގެން ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް މާފުށީ ޖަލުގައި 100 ޕަސެންޓް ރައްކާތެރިކަން އެބައޮތް ކަމަށެވެ.

ޖަލުގައި ހަމަ ނުޖެހުން ހިނގީ، ރިމާންޑް 100 އެއްހާ މީހުން ބައިތިއްބާފައި ހުރި އެންމެ ޔުނިޓެއްގައި ކަމަށާއި މުޅި ޖަލުގައި ހަމަނުޖެހުން ހިނގައިގެން ނޫޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ހަމަނުޖެހުންތަކަކީ ރައީސް ޔާމީންގެ ރައްކާތެރިކަމަށް އެޅޭނެ ހުރަހެއް ނޫން ކަމަށްވެސް މުނާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް