މިނިމަމް ވޭޖްގެ ރިޕޯޓް މަޝްވަރާ ކުރުންތައް ކެބިނެޓް މީޓިންގްގައި އަންނަ ހަފްތާ ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
ރައީސް ޞާލިހް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް އެމަނިކުފާނު އެކުލަވާލެއްވި ބޯޑުން ތައްޔާރުކުރި ރިޕޯޓް ލިބިވަޑައިގަންފައިވާ ކަމަށާއި، އަންނަ ހަފުތާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގައި ލަފާ ދޭން ރައީސް އެކުލަވާލި ބޯޑުން ވަނީ ސަރުކާރުގައި ހުރި މައުލޫމާތު އެއްކޮށް، އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަން ވިޔަފާރިތައް ސާވޭކޮށްފައެވެ.
ޮމިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ކެބިނެޓްގައި މިނިމަމް ވޭޖާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު، މި އަހަރުގެ ފުރަތަމަ ދައުރަށް މިނިމަމް ވޭޖް ކަނޑައަޅަން ބިލެއް މަޖިލީހަށް ހުށަހެޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް