އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމެއް ރާއްޖޭގައި ފަށަނީ

ޕްރޮފެސަރ ހަސަން އުގެއިލް ފައުންޑޭޝަނާއި، މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ ގުޅިގެން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމުގެ ޕްރޮގުރާމެއް ފަށަން ނިންމައިފިއެވެ. މި މަހުގެ 19 ވަނަ ދުވަހު "އާރ...

08 Jan 2019 | 08:10

ޕްރޮފެސަރ ހަސަން އުގެއިލް ފައުންޑޭޝަނާއި، މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ ގުޅިގެން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމުގެ ޕްރޮގުރާމެއް ފަށަން ނިންމައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު "އާރު އެންޑް ޑީ އަލް އެކްސެލެރޭޓާ" ނަމުގައި ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައި ވާއިރު، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލައިފައެވެ.

މިއީ ހަ މަސް ދުވަހުގެ ޕްރޮގްރާމަކަށް ވާއިރު ކޯޑް ޑިވެލޮޕަރުންގެ އިތުރުން އެފަދަ ބެކްގްރައުންޑެއް ނެތް އެހެން ނަމަމަވެސް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮގުރާމުެ މަގުސަދަކީ ވިޔަފާރިއާއި އެހެނިހެން މުހިންމު އިންޑަސްޓްރީތަކުގައި ދިމާވާ މުހިންމު މައްސަލަތަކާއި އަދި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންކުރެވޭނީ ކޮންކަހަލަ ޓޫލްސްތަކެއްތޯ ބަލައި އެކަމަށް ރަނގަޅު ޕްލެޓުފޯމެއް ގާއިމް ކޮށްދިނުމެވެ.

އާޓިފިޝަލް އިންޓެލިޖެންސްއަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެއްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް