ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓު، ޕްރެޒިޑެންޝިއަލް ގަރޑްސްގެ ކޮމާންޑިން އޮފިސަރަކަށް ކުރީގެ ފަޔަރ އެންޑު ރެސްކިއުގެ ކޮމާންޑިން އޮފިސަރު ކާނަލް އަބދުﷲ ޒުހުރީ ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓަށް މިގެނައި ބަދަލާއެކު، ކުރިން ޕްރެޒިޑެންޝިއަލް ގަރޑްސް ކޮމާންޑިންގ އޮފިސަރަކަށް ހުންނެވި ކާނަލް އިބްރާހީމް ރަޝީދު ވަނީ ސަދަން އޭރިޔާގެ ކޮމާންޑިންގ އޮފިސަރަކަށް ހަމަޖައްސާފައެވެ. އަދި ސަދަން އޭރިޔާގެ ކޮމާންޑިންގ އޮފިސަރަކަށް ކުރިން ހުނެވި ކާނަލް ޢަބްދުﷲ އިބްރާހިމް ވަނީ ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފް ގައި ކުރިން އޮތް ސްޕެޝަލް ޕްރޮޓެކްޝަންސް ގުރޫޕުގެ ބަދަލުގައި، ޕްރެޒިޑެންޝިއަލް ގަރޑްސް ގެ ނަމުގައި ވަކި ޔުނިޓެއް ގާއިމު ކުރައްވާފައި ވަނީ 2015 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް