މެލޭޝިޔާގައި ދިވެހި ލައިސަންސް ދެން ބޭނުން ނުކުރެވޭނެ

މެލޭޝިއާގައި ދިވެހިން ކުރިން ބޭނުން ކުރަމުންދިޔަ ދިވެހި ޑްރައިވިން ލައިސަންސް ބޭނުން ނުކުރެވޭނެކަން އަންގައިފިއެވެ. މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި، މެލޭޝިޔާގައި ބޭރު ގައުމުތ...

08 Jan 2019 | 05:05

މެލޭޝިއާގައި ދިވެހިން ކުރިން ބޭނުން ކުރަމުންދިޔަ ދިވެހި ޑްރައިވިން ލައިސަންސް ބޭނުން ނުކުރެވޭނެކަން އަންގައިފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި، މެލޭޝިޔާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމާއިބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް މެލޭޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިޔާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސެންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެވުޒާރާއިން ދިވެހި އެމްބަސީއަށް އަންގާފައި ވާކަން ހާމަ ކުރައްވާފައި ވެއެވެ.

އަދި ދިވެހިރާއްޖޭގެ ޑްރައިވިން ލައިސެންސް، ދިވެހި އެމްބަސީއިން ދޫކުރާ ލިޔުމާއެކު މެލޭޝިޔާގައި މިހާރު ބޭނުން ނުކުރެވޭނެކަމަށާއި، މެލޭޝިޔާގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުން އެ ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން އިލްތިމާސް ކުރާކަމަށް އެބަޔާނުގައި ވެއެވެ.

އަދި މިއީ ހަމައެކަނި ދިވެހިންނަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި އެހެން އެއްވެސް ގައުމެއްގެ ލައިސެންސްގައި މިހާރު މެލޭޝިޔާގައި ނުދުއްވޭނެ ކަމަށާއި، މެލޭޝިޔާގެ ލައިސެންސް އޮންނަ ފަރާތްތަކަށާއި އިންޓަނޭޝަނަލް ލައިސެންސް އޮންނަ ފަރާތްތަކަށް މެލޭޝިއާގައި ދުއްވޭނެ ކަމަށްވެސް އެމްބަސީން ނެރުނުބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

މެލޭޝިއާއިން ނިންމި މި ނިންމުމާއެކު އޭގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން މިހާރު ގެންދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށްވެސް ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް