މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ އެކަކު ހޭނެތިއްޖެ

މާފަންނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ހޭނެތިއްޖެއެވެ. މިކަން ރާއްޖެ އެމްވީގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައި...

08 Jan 2019 | 00:48

މާފަންނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ހޭނެތިއްޖެއެވެ.

މިކަން ރާއްޖެ އެމްވީގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމު ހިރިޔާ ސްކޫލް ކައިރީ، ކަނބާ އައިސާ ރަނި ހިނގުމުގައި ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ޕާކުކޮށްފައި އޮތް ކާރެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ޖެހިގެން ކަމަށާއި އަނިޔާވި ހަތަރު މީހުންނަކީ ޕާކުކޮށްފައި އޮތް ކާރު ކައިރީގައި މަޑުކޮށްގެން ތިބި ހަތަރު މީހުން ކަމުގައި ބުނެފައިވެއެވެ.

މަންޒަރު ދުއް މީހަކާއި ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ އެ އެކްސިޑެންޓްގައި ޒަހަމްވި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި ހޭނެތުނު މީހާގެ ބޯ ތަނެއްގައި ޖެހުނު ކަމަށާއި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގައިވެސް މަންޒަރު ދުއް މީހާއާއި ހަވާލާދީ ބުނެފައިވެއެވެ.

އެކްސިޑެންޓް ވި ޕިކަޕު ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕިކަޕުގެ ގިޔަރު ފެއިލްވުމުން ކަމުގައި އެ ޕިކަޕު ދުއްވަން އިން ޑްރައިވަރާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި ފުލުހުން އެ ޑްރައިވަރު ހައްޔަރުކޮށްފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ޕިކަޕު ގޮސް ޖެހުނު ކާރަށާއި ޕިކަޕަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް