ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރަން ފާސްކޮށްފި

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޝަމީމް ޕީޖީ ކަމަށް އައްޔަންކުރަން ފ...

07 Dec 2019 | 10:15

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޝަމީމް ޕީޖީ ކަމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އޮއްވައެވެ. ކުރީގެ ޕީޖީ ބީޝާމު ސިޔާސީ ބޭފުޅުންނާއި ދޭތެރޭ 'ސިޔާސީ' ދައުވާއުފުލާފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ އޭނާ އަށް ފާޑުކިޔާފައެވެ.

ޝަމީމު ވަނީ ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހާސިލްކޮށްފައެވެ. އަދި އަޒުހަރު ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯސް ހާސިލްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް