ވައިފައި ކަނެކްޝަނެއް މެދުވެރިކޮށް، އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރެވޭ "ވައިފައި ކޯލިންގ" (ވޮއިސް އޯވަރ ވައި-ފައި ނުވަތަ ވޮވައިފައި) އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.
މި ޚިދުމަތް އިއުލާން ކުރެވިގެން ދިޔައީ އުރީދޫ ކަލަރ ރަން މިއުޒިކް ޝޯގެ ތެރެއިންނެވެ. މި ހަފްލާގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބްލް މަލީހް ޖަމާލް އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗެއަރމަން އިލްޔާސް އަހްމަދު ބައިވެރިވެޑައިގެންނެވިއެވެ.
ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ ގުޅޭ ތަފާތު ޚިދުމަތްތައް ތަޢާރަފްކޮށް، އުރީދޫ ނެޓްވާރކް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިކަމަކަމެއް ގެނެސްދިނުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ވައިފައި ކޯލިންގ (ވޮވައިފައި) އަކީ މޮބައިލް ކަވަރޭޖް ލިބުން ދަތި ހިސާބުތަކުގައާއި ފޯން ފްލައިޓް މޯޑްގައި ބޭނުންކުރަންޖެހޭ ވަގުތުތަކުގައި، ވައިފައި ނެޓްވާރކެއް މެދުވެރިކޮށް ކޯލްކޮށް އަދި ކޯލް ރިސީވްކުރުމުގެ ފަސޭހަކަން ލިބިދޭ ޚިދުމަތެކެވެ.
"ކަސްޓަމަރުންގެ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކާއި ގުޅޭގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ އިންވެސްޓްކުރަމުން. އެންމެ ދަތި އުނދަގޫ ހިސާބުތަކުގައިވެސް އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރުމުގެ ފަސޭހަކަން ފޯރުކޮށްދޭ ވައިފައި ކޯލިންގ ރާއްޖެއަށް ތަޢާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޚިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޖާޗަކާއި ނުލާ މިހާރު ލިބިވަޑައިގަންނަވާނެ." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
ވައިފައި ކޯލް ކުރުމުން ލިބޭ ފައިދާ އަކީ ކޮބާ؟
- އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް އަޑުއަހާލެވުން
- ގޭތެރޭގެ މޯބައިލް ކަވަރޭޖަށް އިތުރު ފުރިހަމަކަމެއް ލިބުން
- ބެޓަރީ ޗާޖް ގިނައިރު ހިފެހެއްޓުން
މި ޚިދުމަތް ހޯދުމަށް ބޭނުންވާ ކަންކަމަކީ ކޮބާ؟
އުރީދޫ ވައިފައި ކޯލިންގ ގެ ޚިދުމަތް ހޯދުމަށް ކަސްޓަމަރުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- 1. ވައިފައި ބޭނުންކުރެވޭ ފޯނެއް
- 2. ވައިފައި ކޯލިންގ، ފޯނުން އެނޭބްލް ކުރެވިފައިވުން
- 3. އުރީދޫ 4G LTE ސިމް
- 4. VoLTE ޚިދުމަތް އެކްޓިވްކޮށް އިނުން
- 5. ވައިފައި ނެޓްވާރކް އަކާއި ގުޅިފައިވުން ( ވައިފައި ކޯލިންގ އެންމެ އެދެވޭގޮތުގައި ބޭނުންކުރެވޭނީ އެންމެ ދަށްވެގެން 2 Mbps ކަނެކްޝަނެއްގައެވެ.)
ވައިފައި ކޯލް ކުރެވޭ ފޯންތަކަކީ ކޮބާ؟
- ވާވޭ
o ޕީ20 ޕްރޯ
o ޕީ30
o ޕީ30 ލައިޓް
o ޕީ30 ޕްރޯ
o މޭޓް 20
o ނޯވާ 3އައި
- އެޕަލް
o އައިފޯން 6 އަދި 6 ޕްލަސް
o އައިފޯން 7 އަދި 7 ޕްލަސް
o އައިފޯން 8 އަދި 8 ޕްލަސް
o އައިފޯން އެކްސް އަދި އައިފޯން އެކްސް ރޭންޖްގެ އެހެނިހެން ފޯނުތައް
o އައިފޯން 11 އަދި އައިފޯން 11 ރޭންޖްގެ އެހެނިހެން ފޯނުތައް
މި ޚިދުމަތް ބޭނުންކުރެއްވުމަށްޓަކައި، ފޯނުން އެންމެ ފަހުގެ ކެރިއަރ އަޕްޑޭޓް ކުރައްވަން ޖެހޭނެއެވެ. އައިފޯން ބޭނުންކުރައްވާ ފަރާތްތަކަށް އައިއޯއެސް ވަރޝަން 13.2 ނުވަތަ އެއަށް ވުރެ މަތީގެ ވަރޝަން އެއް މި ޚިދުމަތަށް ބޭނުންވާއިރު، ހުއާވޭ ކަސްޓަމަރުންނަށްވެސް އެންމެ ފަހުގެ އެންޑްރޮއިޑް އަޕްޑޭޓް މި ޚިދުމަތަށް ބޭނުންވާނެއެވެ. ވައިފައި ކޯލިންގ ގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ އުރީދޫ 4G ސިމް ބޭނުންކުރައްވާ، VoLTE ޚިދުމަތް އެކްޓިވޭޓް ކުރައްވާފައިވާ ކަސްޓަމަރުންނަށެވެ. މި ޚިދުމަތް، *929*6*8# އަށް ގުޅުއްވައިގެން ފަސޭހަކަމާއި އެކު އެކްޓިވޭޓްކުރެއްވޭނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް http://ore.do/wificall އަށް ޒިޔާރަތްކުރެއްވުމުން އިތުރު ތަފްސީލް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް