އަހަރެން މަރާލަން އުޅުނީ ކާކުތޯ، އަދީބު ކުރެން ސާފު ކޮށްފިން: ޝައިނީ

ރިޔާސީ ލޯންޗު ގޮއްވާލައިގެން ޑރ. މުހައްމަދު ޝައިނީ މަރާލަން އުޅުނީ ކާކުތޯ، އަދީބު ކުރެން ސާފުކޮށްފިން ކަމުގައި ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ޝައިނީ މިހެން ވިދާޅުވެ...

07 Dec 2018 | 14:45

ރިޔާސީ ލޯންޗު ގޮއްވާލައިގެން ޑރ. މުހައްމަދު ޝައިނީ މަރާލަން އުޅުނީ ކާކުތޯ، އަދީބު ކުރެން ސާފުކޮށްފިން ކަމުގައި ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައިވަނީ ޒަމާންތަކަކަށްފަހު އަހްމަދު އަދީބާއި ބައްދަލުކޮށްފައިވާކަމަށާއި ލޯންޗު ގޮއްވާލައި އޭނާ މަރާލަން އުޅުނީ ކާކުކަން އަދީބު ކުރެން އޮޅުން ފިލުވާފައިވާކަމަށެވެ. އަދި އަދީބު ދެއްކި ވާހަކަ ގަބޫލުކުރަން ވަރަށް ފަސޭހަ ކަމުގައި ޝައިނީ ވިދާޅުވެފައިވެއެވެ.

https://twitter.com/mshainee/status/1071048827384168449

ރިޔާސީ ލޯންޗު ގޮއްވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ހުޅުލެއިން މާލެއަށް ދަތުރު ކުރި ރިޔާސީ ލޯންޗުކޮޅު އެއް ނަމްބަރު ފާލަމާއި ގާތް ކުރި ތަނުންނެވެ. އެ ހާދިސާ ހިނގި އިރު ރައީސްގެ ދެކަނބަލުންގެ އިތުރުން ޝައިނީވެސް ލޯންޗުކޮޅުގައި އިންނެވިއެވެ. ނަމަވެސް އެ ހާދިސާގައި ޝައިނީއަށް އަނިޔާވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް