އެމްއެންޑީއެފް މާލެ އޭރިއާ ފަޔަރ ސްޓޭޝާންގެ ފަޔަރމަނުން ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަހައްދު (އޭޑީކޭ ޖެނެރަލް ޓްރޭޑިންގ) ކައިރި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޯވި އަލިފާން މިއަދު ހެނދުނު ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 5:18 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާންފެށި ކަމަށާއި ފަޔަރ ފައިޓިންގ ޓީމުން އެސަރަހައްދަށް ގޮސް ބެލިއިރު ވޭންގެ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައި އަލިފާން ރޯވެފައިވުމުން އަލިފާން ނިވި ބޭނުންކޮށްގެން އެކީ ނިއްވާލާފައިވަނީ މިއަދު ހެނދުނު 5:31 ހާއިރު ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ޙާދިޞާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި ނަމަވެސް މި ވޭނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް