ފަލަސްތީނުގެ މުސްލިމުންނާއި ޔަހޫދީ ސިފައިންނާއި ކުރިމަތިލުންތަކެއް ހިނގައިފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ފަލަސްތީނުގެ މުސްލިމުން ގުދުސްގެ ދިފާއުގައި މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފަށާފައިވާއިރު ފަލަސްތީނުގ...

07 Dec 2017 | 13:52

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ފަލަސްތީނުގެ މުސްލިމުން ގުދުސްގެ ދިފާއުގައި މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފަށާފައިވާއިރު ފަލަސްތީނުގެ މުސްލިމުންނާއި ޔަހޫދީ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ބައެއް މީޑީއާތަކުން މިކަން ރިޕޯޓް ކޮށްފައިވާއިރު ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނާއި ޔަހޫދީ ސިފައިންނާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވަނީ ހުޅަނގު ބިތުގައި ކަމަށެވެ. މުޒާހަރާގެ ބައިވެރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ފޮޓޯ އަދި އެ ދެގައުމުގެ ފޮޓޯ އަންދަމުން އަންނައިރު އިޒްރޭލު ސިފައިން ވަނީ އެ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭސް ބޭނުންކޮށް ޕްރެޝަރުގައި ފެން ޖަހާފަ އެވެ.

ފަލަސްތީނުގެ މަގުތަކުގައި މުޒާހަރާ ކުރަމުން އަންނައިރު ގާޒާގެ ކަންކަން ބަލަހައްޓަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ ޓްރަމްޕް ނިންމުމާއި ދެކޮޅަށް ރައްޔިތުން "އަތުޖެހުނު" އެއްޗެއް ހިފައިގެން ނިކުތުމަށް ގޮވާލާފަ އެވެ.

ހުޅަނގުބިތުގައި މުޒާހަރާގެ ބައިވެރިން ޓަޔަރު ތަކުގައި އަލިފާން ރޯކޮށް، ޔަހޫދީ ސިފައިންނާއި ދިމާއަށް ގައު އުކަމުން އަންނައިރު އަދި މި މުޒާހަރާގައި ބަޔަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް މުޒާހަރާއަށް ނިކުންނަ މުސްލިމުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި މަސްރަހު އިތުރަށް ގޯސްވެދާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް