ޓްރަމްޕްގެ ނިންމުމަށް އިންޑިއާއިން ފިނި ޖަވާބެއް

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމައި އެކަން އިއުލާނު ކޮށްފައިވާއިރު އިންޑިއާއިން އެކަމާ ދެކެނީ ކިހިނެއްތޯ އުފެދޭ ސުވާލަށް ފިނި ޖަވާބެއް ދީފި އެވެ. މިކަމާއި ބެހޭގޮތުން އިންޑިއާ...

07 Dec 2017 | 06:43

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމައި އެކަން އިއުލާނު ކޮށްފައިވާއިރު އިންޑިއާއިން އެކަމާ ދެކެނީ ކިހިނެއްތޯ އުފެދޭ ސުވާލަށް ފިނި ޖަވާބެއް ދީފި އެވެ.

މިކަމާއި ބެހޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއަރޒްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އިންޑިއާއިން ފަލަސްތީނާއި ދެމެދު ގެންގުޅެނީ މިނިވަން ހިޔާލެއް ކަމަށާއި އެ ނިންމުން ބިނާވެފައި އޮންނަނީ އިންޑިއާ ރައްޔިތުން ދެކޭ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ވަކި ގައުމަކުން ނިންމާ ނިންމުމަކާއި ގުޅިގެން އެކަން ބަދަލު ނުވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

މިކަމާއި ބެހޭގޮތުން އިންޑިއާއިން ފިނި ޖަވާބެއް ދިން ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރައްޔިތުން އަންނަނީ ޓްރަމްޕްގެ ނިންމުމާމެދު ނުރުހުން ފާޅުކޮށް އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އދ ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ އަށް ގައުމަކުން އިސްވެ އެ ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް