ތައިލެންޑްގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޕްރަވީތު ވޮންސުވާންގެ އަތުކުރީގައި އޮތް އަގުބޮޑު ގަޑިއެއްގެ މައްސަލަ ތަހުގީގު ކުރުމަށް ތައިލެންޑްގެ ނެޝަނަލް އެންޓި ކޮރަޕްޝަން ކޮމިޝަން (އެންއޭސީސީން) ތައްޔާރު ވެއްޖެ އެވެ.
މި މައްސަލަ ތައިލެންޑްގެ އޭސީސީން އަމިއްލަ އިސްނެގުމަށް ތަހުގީގު ކުރަން ނިންމާފައިމިވަނީ ބޮޑުވަޒީރުގެ ނައިބުގެ ފޮޓޯފުޅެއް ދައުރުވާން ފެށި އިރު އެ ފޮޓޯއިން ފެންނަ ގަޑިއާއި އަލިމަހުގެ އަނގޮޓީއާއި ބެހޭގޮތުން ޝޯޝަލް މީޑިއާގައި އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އެ ގަޑިއަކީ ރިޗަޑް މިލް ބްރޭންޑްގެ ގަޑިއެއް ކަމުގައިވާއިރު އެ ގަޑީގެ އަގު ތައިލެންޑް ރުފިޔާއިން ނަމަ ހަތަރު މިލިޔަނާއި 10 މިލިޔަނާއި ދެމެދުގެ އަގެއް އަރާނެ އެވެ. މި ގަޑިއަކީ އޭނާގެ އެސެޓް ލިސްޓްގައި ހިމަނާފައިވާ ގަޑިއެއް ނޫނެވެ.
މި ގަޑީގެ ވާހަކަ ފެންމަތިވެ ބޮޑު ވާހަކައަކަށް ވެފައިވާއިރު ބޮޑުވަޒީރުގެ ނައިބު ބުނެފައިވަނީ އެ ގަޑިއާއި ބެހޭގޮތުން މީޑިއާއަށް ހިއްސާ ކުރާނެ މައުލޫމާތެއް ނެތް ކަމަށާއި ޖަވާބުދާރީވާނީ އޭސީސީއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް