ޗައިނާ ފޯނު މާކެޓްގެ ގަދަ ފަހެއްގައިވެސް ސެމްސަންގް ނުހިމެނޭ

ޗައިނާގެ ސްމާޓް ފޯނު މާކެޓަކީ ވަރަށް ތަފާތު މާކެޓެކެވެ. ބްރޭންޑްތަކުގެ ނަންތައް ހާހުން ލައްކައިން ގުނާލެވެ އެވެ. އަދި ކޮޕީ އުފެއްދުންތައްވެސް އެންމެ ގިނަ މާކެޓަކީ ޗައިނާ ސްމާޓް ފޯނު މާކެޓެވެ. ޗައިނާގެ...

07 Dec 2017 | 03:26

ޗައިނާގެ ސްމާޓް ފޯނު މާކެޓަކީ ވަރަށް ތަފާތު މާކެޓެކެވެ. ބްރޭންޑްތަކުގެ ނަންތައް ހާހުން ލައްކައިން ގުނާލެވެ އެވެ. އަދި ކޮޕީ އުފެއްދުންތައްވެސް އެންމެ ގިނަ މާކެޓަކީ ޗައިނާ ސްމާޓް ފޯނު މާކެޓެވެ.

ޗައިނާގެ ސްމާޓް ފޯނު މާކެޓްގެ ތިންވަނަ ކުއާޓަރގެ ތަފާސް ހިސާބުތަކަށް ބަލާލާއިރުވެސް ދުނިޔޭގެ ސްމާޓް ފޯނު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުނި ކަމުގައިވާ ސެމްސަންގް ހިމެނިފައެއް ނެވެ. މުޅި މާކެޓްގެ 91 އިންސައްތަ އެންމެ ފަސް ކުންފުނިން ހިއްސާ ކުރާއިރު އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ހުއާވޭ، ޒައޯމީ، އެޕަލް، ވީވޯ އަދި އޮއްޕޯ އެވެ.

ތަފާސް ހިސާބު ރިޕޯޓަށް ބަލާލާއިރު ޗައިނާގައި އެންމެ މަގުބޫލީ އޮއްޕޯ އަދި ވީވޯ ބްރޭންޑްގެ ފޯނުތަކެވެ. ނަމަވެސް ކުރިއަރާފައިވާ ސަރަހއްދުތަކުގައި އެންމެ މަގުބޫލީ ޒައޯމީ ބްރޭންޑްގެ ފޯނުތަކެވެ. އަދި އެންމެ ބާރަށް ކުރި އަރަމުން އަންނަ ބްރޭންޑަކީ އެޕަލް ބްރޭންޑްގެ ފޯނުތައް ކަމުގައި އެ ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް