ގުދުސް މައްސަލައިގާ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މާދަމާ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަންނަން އެމެރިކާއިން ނިންމި މައްސަލައާއި ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ. 15 މެމްބަރު ގައުމ...

07 Dec 2017 | 03:05

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަންނަން އެމެރިކާއިން ނިންމި މައްސަލައާއި ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

15 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިމިވަނި އަށް ގައުމަކުން އެކަމަށް އެދުމުންނެވެ. އެދުނު އަށް ގައުމުގެ ތެރޭގައި ފްރާންސް، ބޮލީވިއާ، މިސްރު، އިޓަލީ، ސެނެގާލް، ސްވިޑެން، އިނގިރޭސިވިލާތް އަދި އުރުގުއާއީ ހިމެނެ އެވެ.

ޓްރަމްގެ މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ގޯސްވެފަ އެވެ. މި ނިންމުން ޓްރަމްޕް ނިންމީވެސް އެކި ގައުމުތަކުން އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ. ޓްރަމްޕްގެ މި ނިންމުމަކީ އދ ގެ ސެކިއުރިޓީ ކައުންސިލުން މިދިޔަ އަހަރު ފާސްކޮށްފައިވާ ގަރާރަކާއި ހިލާފުވާ ނިންމުމެއް ކަމަށްވާއިރު ޓްރަމްޕްގެ މި ނިންމުން ގިނަ ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް