ކޮކާކޯލާގެ ޚާއްސަ ޕްރޮމޯޝަން - އިތުރު ހަދިޔާ ތަކާއެކު ކޮންމެ މީހަކަށް 20 ރ ކްރިޑިޓް މުޅިން ހިލޭ

އުރީދޫ އާއި ކޮކާކޯލާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް މިރޭ ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ގިނަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭނެ ގޮތަކީ ކޯކު ފު...

07 Dec 2017 | 02:06

އުރީދޫ އާއި ކޮކާކޯލާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް މިރޭ ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ގިނަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭނެ ގޮތަކީ ކޯކު ފުޅީގެ ރަންކުލައިގެ މަތިގަނޑުގައިވާ އުރީދޫގެ އެމްފައިސާ އެޕް މެދުވެރިކޮށް އެންޓަރކޮށްލުމެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ފަހަރު 20 ރ ކްރިޑިޓް ފޯނަށް ލިބޭނެއެވެ. މީގެ އިތުރުންވެސް ފްރީ ޓޯލްކްޓައިމާއި އެހެނިހެން ފައިދާ ލިބޭނެއެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޚާއްސަ ޝޯއެއް މި ޕްރޮމޯޝަން ފައްޓަވާދެއްވީ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އާއި ކޮކާކޯލާގެ މެނޭޖިންގ ޑިރެކްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭގެ ޝޯ ގައި ރާއްޖޭގެ ފަންނާނަކާއި އިންޑިއާގެ ބައެއް ފަންނާނުން ބައިވެރިވިއެވެ.

ހަމައެކަނި ދިވެހި ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ، ކޮކާ ކޯލާ، 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ރަން މަތިގަނޑު ޖެހި ފުޅީގެ މަތިގަނޑުގެ އެތެރޭގައި ޕްރިންޓުކޮށްފައިވާ ކޯޑް އުރީދޫ އެމްފައިސާ އެޕް މެދުވެރިކޮށް ފޮނުވަންވީއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީމަގުގެ 14 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް