ޓްރަމްޕްގެ ނިންމުން ސައުދީން ކުށްވެރި ކޮށްފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލަގަނެ، އެމެރިކާއިން އެކަން އިއުލާނު ކުރި ކުރުން ސައުދީ އަރަބިއްޔާ އިން ކުށްވެރިކޮށްފި އެވެ. ސައުދީން ބުނެފައިވަނީ އެމެރިކާގެ އެ ނިންމުމަކީ ޒިންމާދާރުކަން ކު...

07 Dec 2017 | 01:56

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލަގަނެ، އެމެރިކާއިން އެކަން އިއުލާނު ކުރި ކުރުން ސައުދީ އަރަބިއްޔާ އިން ކުށްވެރިކޮށްފި އެވެ.

ސައުދީން ބުނެފައިވަނީ އެމެރިކާގެ އެ ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އެ ނިންމުން އިއުލާނު ކުރުމުގެ ކުރިން އެ ނިންމުން ނިންމުމާއި މެދު ސައުދީން އިންޒާރު ދީފައިވާއިރު މިފަދަ ނިންމުމެއް ނިންމުމުން ސުލްހައަށް ހުރަސް އެޅިގެންދާކަމަށް ސައުދީން ބުނެފައި ވެ އެވެ. އަދި އެމެރިކާގެ ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް