ޓްރަމްޕްގެ ނިންމުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމައި، އެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިރޭ އިއުލާނު ކުރައްވާފައިވާއިރު އެ ިންމުން ދިވެހި ސަރުކާރުން ކުށްެވެރި ކޮށްފި އެވެ. ރާއްޖެއި...

06 Dec 2017 | 19:21

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމައި، އެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިރޭ އިއުލާނު ކުރައްވާފައިވާއިރު އެ ިންމުން ދިވެހި ސަރުކާރުން ކުށްެވެރި ކޮށްފި އެވެ.

ރާއްޖެއިން އެމެރިކާއަށް މިކަމަށް ގޮވާލާފައިމިވަނީ އެމެރިކާގެ ނިންމުން އިއުލާނު ކުރުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އދ ގެ ސެކިއުރިޓީ ކައުންސިލުން މީގެ ކުރިން ނިންމާފައިވާ ނިންމުމަށް ބޯލަނބައި ސުލްހައަށް ހުރަސް ނޭޅުމަށް ރާއްޖެއިން އެމެރިކާއަށް ގޮވާލާގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން އަސަރު ކުރާނީ ހަމަ އެކަނި މެދުއިރުމަތީގެ ސުލްހައަކަށް ނޫން، މުޅި ދުނިޔޭގެ ސުލްހައަށް ކަމަށެވެ. އަދި ދެމިގެންދާ ސުލްހައެއް ގާއިމް ކުރެވޭނީ މަސްވަރާއިން ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަދި ރާއްޖޭގެ ރައްޔިތުން ދެކެނީ ގުދުސް އަކީ ފަލަސްތީނުގެ ބިމެއްގެ ގޮތުގައި ކަމަށެވެ. އަދި މިނިވަން ކަމަށް ފަލަސްތީނުން ކުރާ މަސައްކަތުގައި ރާއްޖެއާއި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްތީނާއި އެކުގައި ކަމުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް