އައިއެސްއިން ތެލުގެ ވަގު ވިޔަފާރި ކުރަނީ ތުރުކީ މެދުވެރިކޮށް: އިރާގު

އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުން ތެލުގެ ވަގު ވިޔަފާރި ކުރަނީ ތުރުކީ މެދުވެރިކޮށް ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވެއްޖެ އެވެ. އިރާގުގެ ބޮޑުވަޒީރު މިހެން ވިދ...

07 Dec 2015 | 14:22

އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުން ތެލުގެ ވަގު ވިޔަފާރި ކުރަނީ ތުރުކީ މެދުވެރިކޮށް ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވެއްޖެ އެވެ.

އިރާގުގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އެގައުމަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ޖަރުމަނުގެ ހާރިޖީ ވަޒީރު ފްރޭންކް ވޮލްޓާ އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނަމަވެސް ރަޝިޔާއިން ބުނަނީ ތެލުގެ ވަގު ވިޔަފާރި ކުރުމުގައި ތުރުކީގެ ދައުރު ބޮޑު ކަމަށާއި އެކަން ކުރައްވަނީ ސީދާ އެގައުމުގެ ރައީސް ތައްޔިބް އުރްދުގާންގެ އާއިލާއިން އިސްވެ އޮވެ ކަމަށެވެ. އަދި ރަޝިޔާގެ އިތުރުން އީރާނުންވެސް ވަނީ އެކަމަށް ބާރުލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

އީރާނުން ބުނެފައިވަނީ އީރާނުގެ ފައުޖުތައް އިރާގާއި ސީރިއާގެ ބިމުގައި ހަރަކާތްތެރިވަމުން އަންނައިރު އައިއެސްއިން ތުރުކީއަށް ތެޔޮ އެތެރެކުރާ މަންޒަރު އެ ފައުޖުތަކަށް ފެނިފައިވާ ކަމަށާއި އެ މަންޒަރުތައް ފޮޓޯނަގާފައިވެސް އެބަހުރި ކަމަށެވެ.

ތުރުކީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ތުރުކީގެ އިސް އޮފިޝަލަކު ބުނެފައިވަނީ އައިއެސް ނައްތާލުމަށް އެމެރިކާއިން އިސްވެ އޮވެ އައިއެސް ނައްތާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންސްގައި ތުރުކީންވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް