ބ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ވައްކަރު ކައިރީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް ހިންގަމުން ގެންދާ އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ފުލުހުން އެ ސަރަހައްދުގައި ކުރިއަށްގެންދަނީ ޑްރަގް އޮޕަރޭޝަނެކެވެ. ފުލުހުންގެ އެ އޮޕަރޭޝަންގައި އެރަށަށް މުދާ ހިފައިގެންދިޔަ ބޯޓަކަށް އަރައި ފާސްކުރަމުން އަންނަ ކަމަށް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް