މާލޭ ގެސްޓްހައުސްއެއްގެ ކޮޓަރި ތެރެއިން ބަނގުރާ ފުޅިއަކާއެކު ބިދޭސީއަކާއި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 32 އަހަރުގެ ބިދޭސީ ފިރިހެނަކާއި 23 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން މި ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހުގެ 05:00 ހާއިރު މާލޭގެ ގެސްޓްހައުސް އެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެވަގުތު އެމީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރެއިން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް