ގދ ތިނަދޫގައި ބިދޭސީއަކު އަމިއްލަ ގައިގާ ރޯކޮށްލައިގެން ދުވެފައިގޮސް މޫދަށް ފުންމާލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ މި ކަން ހިނގީ މިރޭ 9:00 ހާއިރު ކަމަށާއި އެއީ ސްރީ ލަންކާގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަށް މިހާރު ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
"އެއީ ރިސޯޓަކުން މިރަށަށް އައި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވަނީ، އަމިއްލަ ގަޔަށް ތެޔޮ އަޅައިގެން ރޯކޮށްލީ، ރޯކޮށްލައިގެން ދުވެފައިގޮސް މޫދަށް ފުންމާލީ ، ފެންނަ ފެނުމަށް ފުދޭ ވަރަކަށް ފިހިފައިވާކަން ފާހަގަ ކުރެވޭ" ސައުދު ވިދާޅުވިއެވެ.
ފުލުން ވިދާޅުވީ އެ ހާދިސާ ހިނގީ 21:20 ހާއިރު ކަމަށާއި ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދޭގޮތުގައި އެމީހާ ގައިގާ އަލިފާން ރޯވުމުގެ ސަބަބުން ހަށިގަނޑުގެ 75 އިންސައްތަ ފިހިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް