އިނގެރޭސި ޕްރިމިއަރލީގު: ސީޒަންގެ ފުރަތަމަފަހަރަށް ޗެލްސީ ބަލިވެއްޖެ

އިނގެރޭސި ޕްރިމިއަރލީގުގައި ނިއުކާސަލް އަތުންބަލިވެ ސީޒަންގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިވެއްޖެއެވެ. ޗެލްސީ ރަށުންބޭރުގައި ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މޮޅުކުޅުމ...

07 Dec 2014 | 14:48

އިނގެރޭސި ޕްރިމިއަރލީގުގައި ނިއުކާސަލް އަތުންބަލިވެ ސީޒަންގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިވެއްޖެއެވެ.

ޗެލްސީ ރަށުންބޭރުގައި ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މޮޅުކުޅުމެއް ދެއްކެ ޗެލްސީއަށްވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ޗެލްސީން 23 މެޗަށްފަހު ފުރަތަމަ ބަލިވެފައިވާއިރު މިއީ ޗެލްސީގެ ކުލަބް ރެކޯޑެެކެވެ.

ދެވަހާފްގައިވެސް ގިނަ ހަމަލާތަކެއް އުފައްްދާފައިވަނީ ޗެލްސީންނެވެ. ނަމަވެސް ލިބުނު ކައުންޓަރ އެޓޭކްގެ ބޭނުން 2 ފަހަރަށްވެސް ހިފާ ޗެލްސީ ސިއްސުވާލީ ޕެޕިސް ސީސޭގެ ދެ ގޯލުންނެވެ. ޗެލްސީން މެޗަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި ޗެލްސީއަށް ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޑިޑިއޭ ޑްރޮގްބާއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ނިއުކާސަލްގެ ޑިފެންޑަރ ސްޓީވަން ޓެއިލަރއަށްވަނީ ރަތް ކާޑު ދައްކާފައެވެ.

މެޗުން ބަލިވުމާއެކު ޗެލްސީއަށް ތާވަލު ކުރީގައި ދަމަހައްޓަމުން އައި ލީޑުވަނީ 3 ޕޮއިންޓަސް ކުޑަވެފައެވެ. އެއީ 2 ވަނައިގައި އޮތް މެންޗަސްޓަރ ސިޓީ ރޭ ކުޅުނު މެޗު ކާމިޔާބުކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް