ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން މެޓުން އެދެފި

07 Nov 2026 | 04:44
މާލެއަށް މީގެ ކުރިން ވާރޭވެހި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލެއަށް މީގެ ކުރިން ވާރޭވެހި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ރާޢްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާއި ހަމަ ރާޢްޖޭގެ ހުރިހާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އެއީ ހުޅުގަނގު މޫސުމުގެ ބާރު ގަދަވެގެން ކުރާ ވިއްސާރައެއް ކަމަށް ބުނެފައިވެ އެވެ.

މެޓުން މިއަދު ބުނީ ވިއްސާރައިގަ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށެވެ. އެހެން ކަމުން އެންމެ ފަހުގެ މޫސުމާއި ގުޅޭ މައުލޫމާތު އަބަދުވެސް ހޯދަމުން ދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ ރޭ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގއ. ކޮލަމާފުއްޓަށެވެ. އެ ރަށުގެ 45 ގެއެއްގައި ފެން ބޮޑުވި އިރު ސިއްހީ މަރުކަޒަށްވެސް ފެންވަދެ ގެއްލުން ލިބިފައިވެ އެވެ. އަދި މުޅި ރަށުން ކަރަންޓު ދިޔަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިހާރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް