މާއްދިއްޔަތުގެ ތެރެއަށް ރާއްޖެ ވައްޓާލާ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލިޔަކަ ނުދޭނަން: ޑރ. ޝަހީމް

07 Nov 2026 | 03:43
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާއްދިއްޔަތުގެ ތެރެއަށް ރާއްޖެ ވައްޓާލާ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލިޔަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ ޢެވެ.

ޝަހީމް މިހެން ޥިދާޅިވީ ރާއްޖޭގެ ރިސޯޓެއްގެ އެއްޖިންސުގެ ކައިވެންޏެއް ކޮށްދިން މައްސަލަ ޢާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ. ކަމަށެވެ. މި މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހަށް މައްސަލަ ހުށަހެޅީ އެ މިނިސްޓްރީން ކަމަށް ވިދާޅުވި ޢެވެ.

އިތުރަށް ޥިދާޅުވީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް