މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑުބައެއް ރީނދޫ ސަމާލުގައި

07 Nov 2026 | 01:38
މާލެއަށް ބޯކޮށް ވާރޭވެހި ކުރިން ފެންބޮޑުވި ދުވަހެއް -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލެއަށް ބޯކޮށް ވާރޭވެހި ކުރިން ފެންބޮޑުވި ދުވަހެއް -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މިއަދު ހެނދުނު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ޙަމައަށެވެ. އެ ސަރަހައްދަށް ވަނީ ހެނދުނު 10:30 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފަ ޢެވެ.

މެޓުން ލަފާ ކުރާގޮތުގައި ޢެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ނަމަވެސް ވަޔާއި ކަނޑު މަޑުވާނެ ކަމަށް މައުލޫމާތުދެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ޢޮތީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި އެވެ.

މެޓުން މައުލޫމާތު ދޭގޮތުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިޔަށް އޮތް ފަސް ދުވަހު ޜާއްޖެއަށް މޫސުން ގޯސްވާނެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ ރޭ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގއ. ކޮލަމާފުއްޓަށެވެ. ރޭ ޢެރަށުގެ 45 ގެއަކަށް ފެންވަދެ ސިޢްހީ މަރުކަޒަށްވެސް ގެއްލުންވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް