ބޮލީވުޑް ބަތަލާ އާލިއާ ބަޓް އަނެއްކާވެސް އާ ބަހުރުވައަކުން ވާހަކަ ދައްކަން ދަސްކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފިއެވެ.
މީގެ ކުރިން ތަމިލް، މުމްބައްޔާ، ތެލުގޫ އަދި އިތުރު ބައެއް ބަހުރުވަ ދަސްކޮށްފައިވާ އާލިއާ މިފަހަރު ދަސްކޮށްފައިވަނީ ކަތިއާވަޑީ ނަމަކަށް ކިޔާ ބަހުރުވައެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި އާލިއާ މި ބަހުރުވަ ދަސްކޮށްފައިވަނީ މިހާރު މަސައްކަތް ފަށާފައިވާ އޭނާ އެކްޓްކުރާ އާ ފިލްމު "ގަންގޫބާއީ ކަތިއާވަޑީ" އަށެވެ.
ކަތިއާވަޑީއަކީ އަށްވަނަ ގަރުނުގައި ގުޖުރާތަށް ހިޖުރަކުރި ކާތިސް ނަމަކަށްކިޔާ ދަރިކޮޅުން ވާހަކަ ދައްކަން ބޭނުންކުރާ ބަހުރުވައެކެވެ.
ރަންގޫބާއީ ކަތިއާވަޑީގެ އިތުރުން އިތުރު ތިން ފިލްމެއްގެ މަސައްކަތް އާލިއާ އަންނަނީ ކުރަމުންނެވެ. އެއީ ސަޑަކް 2، އާރު އާރު އާރު އަދި ބްރައްމަސްތުރާ އެވެ. މި ތިން ފިލްމުގެ ތެރެއިން އާރުއާރުއާރަކީ ތެލުގޫ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް