ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ...

07 Nov 2019 | 03:53

މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތި ލުމުގެ ފުރުޞަތު 05 ނޮވެންބަރ 2019 އިންފެށިގެން ވަނީ ހުޅުވާލެވިފައި ކަމަށެވެ.

"މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން www.boatingawards.mv މެދުވެރިކޮށް އޮންލައިން ނޮމިނޭޝަން ފޯމްފުރުއްވުމަށް ދަންނަވަމެވެ. ނުވަތަ ފުރުއްވާފައިވާ ނޮމިނޭޝަން ފޯމްގެ ސްކޭން ކޮޕީ [email protected], [email protected]  އަށް ފޮނުއްވުން އެދެމެވެ. މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 15 ނޮވެންބަރ 2019 ވަނަދުވަހުގެ 12:00 އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެންބީއެމް އިން ބުނެފައިވާގޮތުގައި އެވޯރޑް ލިބޭ ފަރާތްތަށް ކަނޑައަޅާނީ، މިކަމަށް އެކުލަވާލެވިފައިވާ ޖަޖުންގެ ޕެނަލްއިން ދޭ 70 މާރކްސް އަދި އޮންލައިން ވޯޓު/އެސްއެމްއެސް މެދުވެރިކޮށް ލިބޭ ވޯޓުތަކަށް 30 މާރްކްސްގެ ނިސްބަތުން އެންމެގިނަ މާރްކްސް ހޯދާފަރާތްތަކެވެ. މިފަހަރުގެ އެވޯރޑަށް ކުރިމަތިލުމަށް ޖުމްލަ 29 ކެޓަގަރީ ވަނީ ހުޅުވާލާފައެވެ. މޯލްޑިވްސް ބޯޓިން އެވޯރޑްސް 2019 ގެ 'ގާލާ ނައިޓް' އޮންނާނީ 19 ޑިސެންބަރ 2019 ވަނަދުވަހު ދަރުބާރުގޭގައެވެ.

މޯލްޑިވްސް ބޯޓިން އެވޯރޑަކީ ބޯޓިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ ފަރާތުން 2014 ވަނައަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުންގެންދާ އެވޯރޑެކެވެ. މިއެވޯރޑަށް ކުރިމަތިލެވޭނީ ހަމައެކަނި އެ އެސޯސިއޭޝަންގެ މެންބަރުންނަށެވެ. އަދި މިއެސޯސިއޭޝަންގެ މެންބަރަކަށް ވުމުގެ ފުރުޞަތު މިއިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި މިއިންޑަސްޓްރީއާއި ގުޅުންހުރި ކޮންމެފަރާތަކަށްވެސް ލިބިގެންވާކަމުގައި އެންބީއޭއެމްއިން ބުނެފައިވެއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، ޖަޖިންގ ކުރިއަށް ދާނެގޮތް އަދި މުހިންމު މަޢުލޫމާތުތައް www.boatingawards.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުނަމަ އެންބީއޭއެމްގެ ސެކްރެޓަރީ ޖެނެރަލްގެ ނަމްބަރު 7452907 ނުވަތަ 3306606 އަށް ގުޅުއްވުމުންވެސް އިތުރު މައުލޫމާތު ލިބިލައްވާނެކަމުގައި އެމްބީއޭއެމް އިން ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް