ދީނީ އިލްމުވެރިޔާ، ޝައިޚް އަލީ ޒައިދުގެ ހިތްވަރަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ތައުރީފް ކުރައްވައިފިއެވެ.
އިމްރާން ޒައިދަށް ތައުރީފް ކުރައްވާފައިވަނީ ޝައިޚް އަލީ ޒައިދާއި ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޝައިޚްއ އިމްރާން ވިދާޅުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ދީނާ ޚިލާފު ފަސާދައިގެ އަމަލުތަކާމެދު ކެރިވަޑައިގެން ހައްގު ބަސްފުޅު ވިދާޅުވި ހިތްވަރުގަދަ އެއް ބޭފުޅަކީ ޝައިޚް އަލީ ޒައިދު ކަމަށެވެ.
https://twitter.com/ShimranAb/status/1060097513569439744
"މަނިކުފާނުގެ ތަނަވަސް ހިޔާލުފުޅާއި މަޝްވަރާ ލިބޭކަމީ ވަރަށް ބޮޑު އުފަލެއް" ޝައިޚް ޒައިދަށް ތައުރީފް ކުރައްވާ ޝައިޚް އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިމްރާން ޝައިޚް ޒައިދަށް ތައުރީފް ކުރައްވާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގެތެރޭގައްޔާއި އަދި އޭގެ ކުރިންވެސް ޝައިޚް އަލީ ޒައިދު ގެންދެވީ މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް