ޝުމްބާ ގޮންގު ހައްޔަރުކުރީ ދިވެހި ސަރުކާރުން ލަންކާ ސަރުކާރުގައި އެދުމުން: ފޮރިން މިނިސްޓްރީ

ލަންކާއިން ހައްޔަރުކުރި އަހުމަދު އަޝްރަގް (ޝުމްބާ ގޮންގު) ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކުރީ ދިވެހި ސަރުކާރުން ލަންކާގެ ސަރުކާރު ކުރެން މިކަމަށް އެދުމުން ކަމަށާއި ލަންކާގެ ސަރުކާރަށް ޝުކުރު ...

07 Nov 2015 | 13:08

ލަންކާއިން ހައްޔަރުކުރި އަހުމަދު އަޝްރަގް (ޝުމްބާ ގޮންގު) ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކުރީ ދިވެހި ސަރުކާރުން ލަންކާގެ ސަރުކާރު ކުރެން މިކަމަށް އެދުމުން ކަމަށާއި ލަންކާގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިމިވަނީ ޝުމްބާ ގޮންގު ލަންކާއިން ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ގާނޫނު ތަކާއި ހިލާފަށް ކަމަށް އެ ގައުމުގެ މީޑިއާތަކުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުންވެސް ބުނެފައި ވަނިކޮށެވެ.

މި މައްސަލައިގާ ލަންކާގެ ބައެއް މީޑިއާތަކަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުމާނު މަހީޝިނީ ކޮލޮންނަ ވިދާޅުވެފައިވަނީ ޝުމްބާ ގޮންގް ހައްޔަރުކޮށް ރާއްޖެ އަށް ފޮނުވާލުމުގައި ބައިވެރިވި އެ މިނިސްޓްރީގެ އޮފިޝަލުންނާއި ގުޅޭ ގޮތުން ތަހުގީގެއް ކުރަމުންދާ ކަމަށާއި  އެކަމުގައި ޒިންމާވާން ޖެހެނީ ހަމައެކަނި ފޮރިން މިނިސްޓްރީގެ އޮފިޝަލުން ނޫން ކަމަށާއި އިމިގްރޭޝަނާއި އަދި އެނޫން އެހެން ބައެއް ފަރާތްތައް ވެސް އެކަމުގައި ޒިންމާވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝުމްބާ ގޮންގެ އަތުގައި ވިސާ އޮތް ކަމަށާއި އަދި އެގައުމުގެ ގާނޫނާއި އޭނާ ހިލާފުވެފައިނުވާ ކަމަށާއި އެހެންކަމުން އޭނާ ހައްޔަރުކޮށް ފޮނުވާލުމުގައި އިމިގްރޭޝަން ގާނޫނުގެ ދެ މާއްދާއަކާއި ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ލަންކާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް