އިންޑިއާގައި ދެ ވަނައަށް އެންމެ ގިނަ މީހުން ޓްވިޓަރގައި ފޮލޯކުރަނީ ޝާޚް ރުކް ޚާންއެވެ.
މައިކްރޯ ބްލޮގިންގ ޕްލެޓްފޯމް ޓްވިޓަރގައި ޝާހްރުކް ޚާން ފޮލޯކުރާ މީހުންގެ ޢަދަދު މިހާރު 16 މިލިއަނަށް އަރައިފައިވާ ިއރު، މިހާރު ޝާހްރުކް ޚާން މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށްވުރެވެސް ކުރީގައެވެ.
ޓުވިޓަރއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑްގެ މެގަރސްޓާރ އަމީތާބު ބައްޗަން ފޮލޯކުރާ މީހުންގެ ޢަދަދު 17.6 މިލިއަނަށްގައެވެ. ކުރިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯކުރަމުން އައި ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު 3ވަނައަށް ވެއްޓިފައިވާ އިރު، މޯދީ ފޮލޯކުރާ މީހުންގެ ޢދަދު އުޅެނީ 15.9 މިލިއަންގަ އެވެ.
ޝާޚްރުކް ޚާން ޓްވިޓަރއަށް 3 ޖެނުއަރީ 2010ގައި ޖޮއިން ކުރިފަހުން އޭނާ ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ ތަރީންގެ ތެރޭން ޓްވިޓަރގައި އެންމެ ހަރަކާތްތެރި ފަންނާނުގެ ގޮތުގަ އެވެ.
އެގޮތުން ޝާޚްރުކް ދަނީ، އޭނާގެ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް އޭނާގެ ފިލްމީ ހަނދާންތަކާއި އަމިއްލަ ދިރިއުޅުމާއި ޝާއިރީ އުފެއްދުންތައްވެސް އޭނާގެ ފޭނުންނަށް އަންގައިދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް