މި ސަރުކާރުން އެއްވެސް މީޑިއާއަކަށް ހުރަހެއް ނާޅާނެ: ތަރުޖަމާނު

މި ސަރުކާރުން އެއްވެސް މީޑިއާކަށް ހުރަހެއް ނާޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ...

07 Nov 2015 | 12:35

މި ސަރުކާރުން އެއްވެސް މީޑިއާކަށް ހުރަހެއް ނާޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ މި ސަރުކާރުން އެއްވެސް މީޑިއާއަކަށް ހުރަހެއް ނާޅާނެ ކަމަށާއި ފާޑުކިޔުންތަކަށް މި ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

https://twitter.com/SpokespersonMV/status/662969146548682752

ތަރުޖަމާނު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީޑިއާގެ މުއައްސަސާއަކަށް ވުމީ ނުވަނަ ނޫސްވެރިޔަކަށް ބުމީ، ކުށެއްގެ ތުހުމަތުން ބަރީއަ ވުމަށް ދެއްކެން އޮތް ހުއްޖަތެއް ނޫން ކަމަށާއި މީޑިއާ ރެގިއުލޭޓް ކުރާ ފަރާތްތަކަކީ ވަކި ވަގުތަކާ ދިމާކޮށް ނޫސްބަޔާން ނެރެން ހުންނަ ތަންނައްވެސް ނޫން ކަމަށެވެ. އަދި އެއަށްވުރެ ޒިންމާއާއި ވާޖިބު ބޮޑު ތަންތަން ކަމަށެވެ.

https://twitter.com/SpokespersonMV/status/662970311751544832

https://twitter.com/SpokespersonMV/status/662971115199840256

މީގެ އިތުރުން ސަރުކާރުން ގަބޫލުކުރާ ގޮތުގައި މޑީއާގެ ބެލެނިވެރި ފަރާތްތަކުގެ މަސްއޫލިއްޔަތަކަށް ވާންވާނި މީޑީއާތައް އިމުގެ ތެރޭގައި ބެލެހެއްޓުން ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.

https://twitter.com/SpokespersonMV/status/662971979364855808

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ނޫސްވެރިކަން ކުރާނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށްބުނެ ރާއްޖެ ޓީވީން ވަނީ އެ ސްޓޭޝަންގެ އާއްމު ބްރޯޑްކާސްޓިން ހުއްޓާލުމަށްފަހު ލަވަޔާއި ދިވެހި ފިލްމު ގެނެސްދޭން ފަށާފަ އެވެ.

ރާއްޖެ ޓީވީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން، ބިރުވެރިކަމެއް، ބިރު ދެއްކުމެއް ނެތި ކުރެވޭނެ މާހައުލެއް މިހާރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީވެ ރާއްޖެޓިވީގެ ރޭގެ “60 މިނެޓަށް” ފަހު މި ސްޓޭޝަންގެ “އާންމު ބްރޯޑްކާސްޓް” ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް